ޚަބަރު

ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި 70 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް

ދެން އެމްވީ ، ދެން އޮންލައިން

ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި 70 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

ލޮކްޑައުންގެ ގަވާއިދުތަކާއި ހިލާފަށް މަގުމަތީގައި އުޅޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށާފައިވަނީ މިރޭ 08:30 ގެ ފަހުންނެވެ.

އޭގެ ފަހުން ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ވެސް 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫބް ޢަޒީޒް ވިދާޅުވިއެވެ. މަބްރޫކް މިކަން ހާމަ ކުރައްވާފައިވަނީ މިހާރު އޮންލައިންކޮށް ކުރިއަށް ދަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލެ ސަރަހައްދު ލޮކްޑައުން ގެ ހާލަތަށް ގެނެސްފައިވަނީ ޓްރަވެލް ހިސްޓަރީއެއް ނެތި މާލެއިން މީހަކު ފައްސިވެ ކޮމިއުނިޓީ ސްޕްރެޑަކުން މާލެ ތެރޭގައި ބަލި ފެތުރެމުންދާ ތީއެވެ.

މާލެ ސަރަހައްދު މިހާރު އޮތީ ރެޑް އެލާރޓެއްގައެވެ.

ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފައިވާއިރު ހުއްދަނެތި މަގުމައްޗަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފައެވެ. އަދި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅޭ ފަރާތްތައް ޖޫރިމަނާ ކޮށް ކަރަންޓީނު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ފުލުހުން ވަނީ ދީފައެވެ.

މިހާތަނަށް މާލެއިން 8 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އެއާއެކު ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދުވަނީ 28 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 15 ބިދޭސީންނެވެ.

ވައިރަހަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 10 މީހުނަށެވެ. އަދި 16 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!