މިއޮތީ ދަތުގައި ރިއްސާނަމަ ގޭގައި ކޮށްލެވިދާނެ ވަރަށް މޮޅު 4 ކަމެއް!

ދަތުގައި ރިއްސާތީ އުޅުނު މީހަކަށް އެކަމަކީ ކިހާ ވޭން ހުރި ކަމެއްކަން އެނގޭނެއެވެ. އެކަން ތަޖުރިބާ ކުރި މީހަކަށް އެކަމަކީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ހީވި ނަމަވެސް އެއީ ހަގީގަތުގައި ވެސް ވަރަށް ވޭންހުރި އެހާމެ ތަދުވާ ކަމެކެވެ. ދަތުގައި ރިއްސުމުގެ ކުރިން ދަތުގައި ރިއްސަން އުޅޭ ކަމުގެ އަލާމަތް ތަކެއް ވެސް ނުފެންނާނެއެވެ. ދަތުގައި ރިއްސަން ގިނަ ފަހަރަށް ފަށާނީ ކުއްލިއަކަށެވެ.
އެހެންކަމުން ދަތުގައި ރިއްސާނަމަ ހޯދިދާނެ ބައެއް ފަރުވާތައް ވެސް އެނގުން މުހިއްމު ނޫން ހެއްޔެވެ. އެގޮތުން ވަރަށް މޮޅު 5 ކަމެއް ހިއްސާ ކޮށްލާނަމެވެ.
1- ފެނުގެ ތެރެއަށް ލޮނު އަޅައިގެން އަނގަތެރެ ރަނގަޅަށް ދޮވެލުން
ދަތުގައި ރިއްސުން އެންމެ އަވަހަށް ރަނގަޅު ކޮށްދޭނެ ގޮތަކީ މިއީއެވެ. ސަބަބަކީ ލޮނު ފެނަކީ އޭގެ ޒާތުގައި ޖަރާސީމް ނައްތާލާ އެއްޗެކެވެ. އެހެން ކަމުން ލޮނުފެން ބޭނުން ކޮށްގެން އަނގަތެރެ ދޮވެލުމުން، ދަތުގައި ހަރުލާފައި ހުންނަ ކާއެއްޗެއްސާއި ޖަރާސީމުތައް ސާފުވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ އަނގަތެރޭގައި ހުންނަ ފާރުތައް ވެސް ރަނގަޅު ވެގެން ދާނެކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ލޮނުފެން ތައްޔާރު ކުރުމަށް ޖޯޑެއްގެ ހޫނުފެނުގެ ތެރެއަށް ބައި ސައިސަމުސާ ލޮނު އެޅުމަށްފަހު ގިރާލާނީއެވެ. އަދި އެއަށްފަހު ރީއްޗަށް އަނގަ ދޮވެލާނީއެވެ.

2- ސައިފަތް ޕެކެޓު ބޭނުން ކުރުން
ދަތުގައި ރިއްސާނަމަ ފަރުވާއެއްގެ ގޮތުގައި "ޕެޕާރ މިންޓް" ސައިފަތް ޕެކެޓެއް ބޭނުން ކުރެވިދާނެއެވެ. އެގޮތުން އެސައިފަތް ޕެކެޓުން ސައިތައްޓެއް ގިރުމަށްފަހު އެ ސައިފަތް ޕެކެޓުގައި ހޫނުކަން ހުއްޓާ ތަދުވާ ތަނުގައި ޖައްސާނީއެވެ. ހޫނު ކޮށްގެން މިގޮތަށް ނޫނަސް ޕެޕަރމިންޓު ސައިފަތް ޕެކެޓް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ފިނި ކޮށްގެން ވެސް ތަދުވާ ތަނެއްގައި ސައިފަތް ޕެކެޓު ޖެއްސިދާނެެއެވެ.
ޕެޕާރ މިންޓަކީ ތަދުވާ ތަންތަނުން ތަދު ކުޑަކޮށްދޭ އެއްޗެކެވެ.

3- ލޮނުމެދު
ލޮނުމެދަކީ ގިނަ ޒަމާންތަކެއް ކުރީންސުރެވެސް އެކިކަހަލަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން އަނގަތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލާ ދަތުގައި ރިއްސުން ލުއިކޮށްދިނުމަށް ލޮނުމެދަކީ ވަރަށް ރަނގަޅު އެއްޗެެކެވެ. ލޮނުމެދު ހެފުމަކީ ވެސް ދަތްތަކަށް ފައިދާ ހުރި ކަމެކެވެ.
އެންމެ ފުރަތަަމަ ކަމަކަށް ލޮނުމެދު ބޭނުންކޮށްގެން "ޕޭސްޓް" އެއް ތައްޔާރު ކުރާށެވެ. އަދި އެއަށްފަހު ތަދުވާ ތަނުގައި އެ ޕޭސްޓު ޖައްސާށެވެ. އަދި އޭގެ ތެރެއަށް ލޮނު އަޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.

4- ކަރަންފޫ
މީގެ އެތައް އަހަރުތަކެއް ކުރިންވެސް ކަރަންފުލަކީ ދަތުގެ ފަރުވާތަކަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން ކަރަންފޫ ތެލަކީ ތަދުވާ ތަންތަނަށް ވަރަށް ރަނގަޅު އެއްޗެކެވެ. ތަދުވާ ތަންތަން ވަރަށް އަވަހަށް ރަނގަޅު ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކަފަކޮޅަކަށް ތެޔޮ އެޅުމަށްފަހު ތަދުވާ ތަނުގައި ޖައްސާށެވެ. އަދި އެތެލާއި ޒައިތޫނި ތެޔޮ އެއްކޮށްގެން ވެސް ބޭނުންވެސް ކުރެވިދާނެއެވެ. ނުވަތަ އެތެޔޮ ފެނުގެ ތެރެއަށް އަޅައިގެން އަނގަދޮންނަ ފެނެއް ވެސް ތައްޔާރު ކުރެވިދާނެއެވެ.

ދަތުގައި ރިއްސަން ފަށައިފިނަމަ ދެން ފަހަރަކުން މިކަންކަން ކޮށްލުމަށް ހަނދާން ކުރައްޗެވެ.
ކަރަންފޫ އެންމެ މޮޅީ