ކުޅިވަރު

އެން ނަގަން ފީނި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެން ނަގަން ފީނި މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

އެން ނަގަން ފީނި ޒުވާނަކު ޚަބަރެއް ނުވެގެން ހޯދަމުން ގޮސްފައިވަނީ "އަސްދާން" ނަމަކަށް ކިޔާ ދޯނިން އެންދަމަން ފޭބި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އެން ނަގަން ފޭނީ ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށް ފުޅިއަޅައިގެންނެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަށް އޭނާގެ ހަށިގަނޑު ކަނޑުއަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ. އޭނާ ހޯދުމަށް ޑައިވް ކުރުމުގައި ދޯނީގެ ޑައިވަރުން ވެސް ޑައިވްކުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 20:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!