ޚަބަރު

ޖަޕާނުގެ އެންޓީޓީ ޑޭޓާއިން އިންޑިއާގައި އާ ޕޭމަންޓް ޕްލެޓްފޯމެއް ތައާރަފުކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މުމްބާއީ -- އިންޑިއާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓުގެ ބޮޑު ހިއްސާއެއް ހޯދުމުގެ އަމާޒުގައި، ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުނި، އެންޓީޓީ ޑޭޓާއިން އިންޑިއާގައި މުޅިން އާ ޕޭމަންޓް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އެ ކުންފުނިން ހާމަކުރާ ގޮތުގައި، ބޭރު ގައުމުތަކުގައި ފޯރުކޮށްދޭ ޕޭމަންޓް ވިޔަފާރީގެ ދާއިރާއިން އެ ކުންފުންޏަށް "އެންމެ މުހިންމު" ގައުމަކީ އިންޑިއާއެވެ.

ޖުލައި މަހުގެ 30 ވަނަ ދުވަހު މުމްބާއީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިކަމުގެ މައުލޫމާތު ދެއްވާފައިވަނީ އެންޓީޓީ ޑޭޓާގެ އިސްވެރިން ކަމަށްވާ ޝިނިޗިރޯ ނިޝިކާވާ (ވާތްފަރާތުގައި) އަދި ޓަކޭއޯ އުއެނޯއެވެ. (މި ޚަބަރުގެ ފޮޓޯ ނަގާފައިވަނީ ޓަކަނޯރީ އޮކާބޭއެވެ.)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!