އުފަންވީއިރު ހަށިގަނޑުން ގުޅިފައި ތިބި ދިވެހި ދެކުދިން ނިޔާވެއްޖެ

އުފަންވިއިރު ހިތާއި ފަލަމަސްގަނޑުން ގުޅިފައިވާ ދިވެހި ދެކުދިން ނިޔާވެއްޖެއެވެ.
ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި މި ދެކުދިންނަކީ އުތުރު އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ދެކުދިންނެވެ. އަދި ދެކުދިން އުފަންވެ އަދި ނިޔާވީ ވެސް އިއްޔެ ކަމަށް ޕީއެސްއެމްއިން ހާމަކޮށްފައި ވެއެވެ.
މި ދެކުދިން އުފަންވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލްގައެވެ. ދެ ކުދީންނަކީ ވެސް އަންހެން ކުދީންނެވެ.
ހަށިގަނޑުން ގުޅިފައިވާ ކުދީން އުފަންވުމަކީ ދުނިޔޭގައި އާންމު ކަމެއް ނަމަވެސް ، މިއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ދެކުދީންގެ މައިންބަފައިންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
ޢާމީން
އާމީން
އާމީން.