ޚަބަރު

15 ވަނަ މީހަކު ފައްސިވެ، ރާއްޖެއިން ފައްސި މީހުންގެ އަދަދު 35 ކަށް

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން 15 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެއިން ފައްސި މީހުންގެ އަދަދު 35 އަރައިފިއެވެ.

Ads by Hajj Corporation

މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑަށް ފައްސިވި ހަތް ވަނަ މީހާއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ ފައްސިވި މީހާއަކީ ކުރިން ފައްސިވި އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް މީހެއް ކަމަށެވެ.

މާލެއިން 15 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!