ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭ ގޮތް އައިޖީއެމްއެޗް އިން ހަދައިފި
ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭ ގޮތް އައިޖީއެމްއެޗް އިން ހަދައިފިއެވެ.
އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ލޮކްޑައުންއަކަށް ގޮސްފައިވާތީވެ، ޑަކްޓަރަށް ދައްކަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އޮންލައިންކޮށް ޑަކްޓަރަށް ދެއްކޭނެ އިންތިޒާމް ހަަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން މިޚިދުމަތް ލިބިގެންދާނެ ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
ނޫސްބަޔާން: ކޯވިޑް 19 އާއި ގުޅިގެން، ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި އޮންލައިން ކްލިނިކް ތަކެއް ޤާއިމް ކުރުން @MoHmv pic.twitter.com/7g5faC4oDZ
— IGMH (@igmhmv) April 18, 2020
އައިޖީއެމްއެޗް އިން ބުނެފައިވަނީ، މިގޮތަށް ކޮންމެ ދުވަހަކު 10-15 ދެމެދުގެ އަދަދަކަށް ޕޭޝިއަންޓުން ބެލުމަށް ނިންމާފައިވާ ކަމަށެވެ. މިޚިދުމަތާ ބެހޭ އިތުރު ތަފްސީލް ބޭނުންފުޅުވާނަމަ 3335335 ނަންބަރު ފޯނާ ގުޅުއްވުމަށް އެފަރާތުންއެދެއެވެ.
ތަފްސީލް އަންނަނީ..