އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތްވެސް ސިފައިން ރޭ ވަނީ ކޮށްފައެވެ.
ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންނާއި ސިފައިން ވަމުންދާ ގުރުބާނީގެ އަގު އަދައެއް ނުކުރެވޭނެ: އަދުރޭ
ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންނާއި ސިފައިން ވަމުންދާ ގުރުބާނީ އަކީ ދުވަހަކު ވެސް އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ހިދުމަތައް ދިވެހި ގައުމު އަބަދުވެސް ފަހުރުވެރި ވާނެ ކަން ކަށަވަރު ކަމަށެވެ.
"ދެ މުއައްސަސާއަށް އަޅުގަނޑުމެންގެ އެއްބާރުލުން ދެމާތޯ." އަދުރޭ ވިދާޅުވިއެވެ.
Gaumah dhimaavaa konme kamehgai dhivehi sifainnaa fuluhun vamundhaa gurubaanee akee dhuvahakuves eyge agu adhaa kureveyne kamehnoon.E bey fulhunge kh’idhumathah dhivehi gaumu abadhuves fakh’uruveri vaanekan kashavaru.E 2muassaa ah alhugan’dumenge ehbaarulun dhemaatho? #stayHome pic.twitter.com/ScjgmVvZUk
— Abdul Raheem Abdulla (@Banafsaa) April 17, 2020
ކޮވިޑް19 ގެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި ސިފައިންނާއި ފުލުހުން ގެންދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި ހާލަތުގައި ބަލި މީހުންނާއި، ޝައްކު ކުރެވޭ މީހުން އެ ތަނުން އަނެއް ތަނަށް އުފުލުމާއި، ސީއެމްބިއުލާންސްގެ އޮޕަރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތައް ބެލެހެއްޓުމުގައިވެސް އެންމެ އިސްކޮށް މަސައްކަތް ކުރަމުންދަނީ ސިފައިންނެވެ. މީގެ އިތުރުން އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ސިފައިން ގެންދަނީ ކުރަމުންނެވެ.