ކޮވިޑް-19: ލ. ގަމު 3 ގެއެއް ކަރަންޓީން ކޮށްފި
މާލެއިން ކޮވިޑް-19އަށް ފައްސިވި މީހުންނާ ގުޅުންހުރި ލ. ގަމު ތިން ގެޔެއް ކަރަންޓީން ކޮށްފިއެވެ.
ގަން ކައުންސިލުން ބުނީ އެ ތިން ގެއަކީ ފައްސިވި ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް އުޅޭ ގެތަކަކަށްވުމުން އެ ގޭގައި ދިރިއުޅޭ ފަރާތްތަކުން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އަންގާކަމަށެވެ. ކަރަންޓީން ކުރެވުނު ތިން ގެއަކީ
1) ނަންރީތިގެ، ލ.ގަން ތުނޑި
2) ދޫރިޔާ، ލ.ގަން ތުނޑި
ެ3) ފިނި ލ.ގަން ތުނޑި(އާބާދު)
އެ ރަށު ކައުންސިލުން ބުނީ އާންމުން އެ ތިން ގެއާ މެދު ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
ލ. ގަމުގެ އިތުރުން އެ އަތޮޅު އިސްދޫ ހަ ގެއެއް ވެސް ވަނީ ކަރަންޓީން ކޮށްފައެވެ. އިސްދޫ ކައުންސިލުން ބުނީ މިއަދު މާލެއިން ކޮވިޑް-19 އަށް ފައްސިވި ކޭސް 27 އާއި ކޭސް 28އާ ޑައިރެކްޓް ކޮންޓެކްޓުވި ލ. ގަމު މީހެއް ދަތުރުކުރި ކުރި ލޯންޗަކުން އިސްދޫގެ ހަ ގެއަކަށް ނިސްބަތްވާ މީހުން ދަތުރު ކޮށްފައިވާ ކަމަށެވެ.