ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، ދުއްވި ބިދޭސީ މީހެއްގެ ލައިސަންސްވެސް ނެތް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގުން / ފޮޓޯ: އެމްވީ ކްރައިސިސް

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ރޭ ހިނގި އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވި ބިދޭސީ މީހާގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ 10:30ވާން ކައިރިވެފައި ހުއްޓައި ހިނގި އެ އެކްސިޑެންޓްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ކުދިކުދި އަނިޔާވެ ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދީފައެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގިއިރު އެއް ސައިކަލު ދުއްވަން އިނީ ބަނގުލަދޭޝްގެ މީހެއް ކަމަށާއި އޭނާގެ ލައިސަންސް ނެތް ކަމަށެވެ.

ބިދޭސީ މީހާއާ މެދު އެޅި ފިޔަވަޅެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެެ.

Ads by Ooredoo