ދުނިޔެ

މީހަކު ފިހާރައަކަށް ވަދެ އައިސްކްރީމް ދަޅެއްގައި ދޫލުމުން ޖަލަށް ލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ދިރިއުޅޭ އުމުރުން 24 އަަހރުގެ މި މީހާ ވަނީ ފިހާރައަކަށް ވަދެ ވިއްކަން ބަހައްޓާފައިވާ އައިސްކުރީމް ދަޅެއް ކެނޑުަށް ފަހު ދޫލައިފައެވެ. އަދި ދޫލުމަށްފަހު އެ ދަޅު އަނބުރާ ވަނީ ފުރިޖަށް ވެސް ލައިފައެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި މި މީހާ މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފައިވާއިރު، 1000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ވެސް ވަނީ ކޮށްފައެވެ. އަދި ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ހައިރާންވާންވީ ކަމަކީ މި ކަމަކީ މިމީހާ މިދިޔަ އަހަރުގައި ކޮށްފައިވާ ކަމެއް ކަމެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި މިކަންތައް ކުރުމަށް ފަހު މިމީހާ ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެވީޑިއޯގެ ޒަރިއްޔާއިން އެމީހާ އެމައްސަލާގައި ހައްްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޖޫރުމަނާގެ އިތުރުން މިމީހާ ވަނީ އައިސްކުރީމް އުފައްދާ ކުންފުންޏަށް ވެސް ޖުމުލަ 1565 ޔޫއެސް ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދައްކަން ޖެހިފައެވެ. މިހާރު މިމީހާ ހުރީ އިނގިރޭސި ވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!