ކުޅިވަރު

މާލެ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ކުރި ބުނެފައިވަނީ މިއަދު މާލެއިން 14 ބަންގްލަދޭޝް ރައްޔިތުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި މި ކްލަސްޓާ އަކީ މާލެއިން ފެނުނު ކޭސް 27 އާއި ގުޅުން ހުރި ފަރާތްތަކެއް ކަމަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު އަލަށް ފައްސިވި 13 ބަންގްލަދޭޝް މީހުންނަކީ، މީގެ ކުރިން ފައްސިވި ދިވެހި އަންހެނެއް ކަމަށްވާ ޕޭޝަންޓް 27އާ ސީދާ ދިމާވި ނޫނީ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މި 13 މީހުންނަކީ ލިލީ އެންޓަޕްރައިސްގައި މަސައްކަތް ކުރާ 13 ބިދޭސީން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ. އެ މީހުންނަކީ އެތަނުގައި ޑެލިވަރީ ކުރުމުގައި އުޅޭ މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، ބްރައިޓް ބްރަދާސްގައި އޭސީ ހަދައިދިނުމުގެ ހިދުމަތްދޭ އިންޑިއާ ދެ މީހަކުވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

މިއަދު އެކަނި މާލެއިން 16 މީހަކު މި ވަނީ ބައްޔަށް ފައްސިވެފައެވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!