ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރި މީހެއްގެ ނަން ހާމަކުރަނީ
ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރާ މީހެއްގެ ނަން ހާމަކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުޅުމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީގް ވިދާޅުވީ ކޭސް 21 އާއި ގުޅިގެން ކުރަން ޖެހޭ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި ނަމަވެސް އެ ކޭސް އާއި ގުޅޭ އެއް ފަރާތުން ރަނގަޅަށް މައުލޫމާތު ނުދެވޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި މިކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް އިތުރުވެ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން މަބްރޫކު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މައުލޫމާތުދޭން ދެކޮޅު ހަދާ ނަމަ، އެމީހާގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
އަދި މިހާރުވެސް ކޮންޓެކްތް ޓްރޭސިން ގައި ފުރިހަމައަށް އެއްބާރުލުން ނުދޭ މީހެއްގެ ފަރާތުން އެ މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިގޮތުން ވެސް އެއްބާރުލުން ނުދީފިނަމަ މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަން މަބްރޫކު ހާމަކުރެއްވިއެވެ.
މާލެއިން އެކަނިވެސް މިއަދު 16 މީހެއްގެ ގައިންވަނީ ވައިރަސް ފެނިފައެވެ. މާލެއިން ވައިރަހަށް ފައްސި ވި މީހުންގެ ޖުމްލަ އަދަދު 31 އެކަކަށް އަރާފައިވާއިރު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 51 އަކަށް އަރާފައެވެ.