މައުލޫމާތު ނުދިން މީހާ އަކީ ވަކި ކޭސް އެއް ކަމަށް ބުނެ ދޮގު މައުލޫމާތު ނުފެތުރުމަށް އެޗްޕީއޭ އިން ގޮވާލައިފި
މައުލޫމާތު ނުދިން މީހާ އަކީ ވަކި ކޭސް އެއް ކަމަށް ބުނެ ދޮގު މައުލޫމާތު ނުފެތުރުމަށް އެޗްޕީއޭ އިން ގޮވާލައިފިއެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުުނެފައިވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާނީ ކޭސް އެއްގެ ޑައިރެކްޓުބ ކޮންޓެކްޓެއް މައުލޫމާތު ދިނުމަށް އެއްބާރުލުން ނުދޭ ވާހަކަ ކަމަށެވެ.
އަދި ވަކި އެއީ ކޮން ކޭސް އެއްގެ ޑައިރެކްޓް ކޮންޓެކްޓެއްކަން ބުނެފައިނުވާނެ ކަމަށާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރުންވެސް އެކަމާއި ގުޅިގެން ބައެއް ފަރާތްތައް ބަދުނާމު ވާ ގޮތަށް ދޮގު ހަބަރު ފަތުރަމުންދާތީ އެކަމާއި ހިތާމަ ކުރާ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީގް ވިދާޅުވީ ކޭސް 21 އާއި ގުޅިގެން ކުރަން ޖެހޭ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް އެއް ކޭސް އާއި ގުޅޭ ފަރާތަކުން ރަނގަޅަށް މައުލޫމާތު ނުދެވޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މަބްރޫކު ވަނީ ކޮވިޑް-19 އާ ގުޅިގެން މައުލޫމާތުދޭން ދެކޮޅު ހަދާ ނަމަ، އެމީހާގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެެއެވެ.