ޚަބަރު

ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓަށް އެދުމުގެ މުއްދަތު އިތުުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޕީޕީއެމުން މީގެކުރިން އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޕީޕީއެމުން ބުނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށާއި އެގޮތުން ޕްރައިމަރީ އޮންނާނީ މި މަހުގެ 24 ގައި ކަމަށެވެ. އަދި މި ޕްރައިމަރީގައި ވޯޓު ލެވޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!