ޚަބަރު

މާލޭގައި ސިނގިރޭޓު ބޯން ބޫތުތަކެއް ހަދަން މަޝްވަރާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ މަގުތަކުގައި ސިގިރޭޓް ބޯ މީހުންނަށް ހާއްސަކޮށްގެން ބޫތުތަކެއް އަޅަން މާލެ ސިޓީ ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖަންސީއާ މަޝްވަރާކޮށްފި އެވެ.

Ads by STELCO

"އަވަސް" ނޫހަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ކަނބާއައިސަރަނި ހިނގުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް މަނާކުރަން މަޝްވަރާ ކުރަމުންދާ ކަމަށާއި އެ މަގުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ހާއްސަ ބޫތެއް ގާއިމް ކުރަން ވެސް މަޝަވަރާ ކުރި ކަމަށެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން އެގޮތަކަށް. ހަމައެކަނި މަޝްވަރާއެއް ކުރެވުނީ. ދެން އެޗްޕީއޭއިން ދުންފަތް ކޮންޓްރޯލް ބޯޑާއެކު އިތުރަށް މިކަމުގަ މަޝްވަރާ ކުރަމުންދަނީ. އަދި ނިންމާފައި ވަނީ ކަނބާއައިސަރަނި ހިނގުން އެއްކޮޅުން އަނެއްކޮޅަށް," ޝަމާއު ވިދާޅުވި އެވެ.

ކަނބާއައިސަރަނި ހިނގުމުގައި ސިގިރޭޓް ބުއިން މަނާ ކުރަން ވިސްނަނީ އެ ސަރަހައްދުގައި ގިނަަ ސްކޫލްތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް ހުންނާތީ ކަމަށް ޝަމާއު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ސިގިރޭޓް ބުއިން މަނާކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި މި ނިންމުމަށް އަމަލު ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނަމަވެސް މިއަދާ ހަމަޔަށްވެސް އެއަށް އަމަލެއް ނުކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!