މުނިފޫހިފިލުވުން

މާބޮޑަށް "މިސް" ނުވާތި! ވަރަށް އަވަހަށް އަދި އެނބުރި އަންނާނަން: ކަންގްނާ

އާއްމުންގެ މެދުގައި ކަންބޮޑުވުން އިތުރުކުރާ ކަމަށް ބުނެ ކަންގްނާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވުމުން، މިދުވަސްކޮޅު މީސް މީޑިއާ އާއި ކުޑަކޮށް ދުރަށް ޖެހިލާފައިވާ ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނާވަތު އަނެއްކާވެސް އޭނަގެ މެސެޖެއް ބެލުންތެރިންނަށް ދީފިއެވެ.

ބައެއް ކަންކަމުގައި ހިންދޫ ދީނުގެ ބައެއް ކަންކަން ހަމަނުޖެހޭ ކަމަށް ކަންގްނާ ބުނުމުން އިންޑިއާގެ އެތައް ބަޔަކު ވަނީ އޭނާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއްބަޔަކު ވަނީ އޭނާއަށް އިންޒާރު ދީފައި ކަމަށް ވެސް ކަންގްނާ ބުނެފައިވެއެވެ.

އިންޑިއާގެ ބަންޑްރާ ކޯޓުން މުމްބައި ފުލުހުންނަށް އަމުރު ކޮށްފައިވަނީ ކަންގްނާ އާއި ދެކޮަޅަށް އެފްއައިއާރްއެއް އަވަހަށް ރިޕޯޓު ކުރުމަށެވެ.

މިދުވަސްކޮޅު މީސް މީޑިޔާ އާއި ދުރުގައި ހުރި ކަންގްނާ އޭނަގެ ފޭނުން ގާތުގައި ބުނެފައިވަނީ މާބޮޑަށް އޭނާ "މިސް" ނުވުމަށާއި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.

ކަންގްނާގެ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ސުޝާންތު ސިންގް ރާޖްޕޫތު މަރުވި މައްސަލައިގައި ވެސް އޭނާ ވަނީ ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދީފައެވެ. އެގޮތުން ރިއާ ގެ ވާހަކަ އާއި ބޮލީވުޑް ގައި ތަފާތު ކުރުން އޮންނަ ވާހަކަވެސް ހިމެނެއެވެ.

ގިނަ މީހުން ވަނީ ކަންގްނާ މާބޮޑަށް މީހުންނާއި ޖެހެނީ ކަމަށް ބުނެ، ހަސަދަވެރިކަން ނައްތާލުމަށް ވެސް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!