ކުޅިވަރު

ފްލޫ ކްލިނިކަށް ދާ އެންމެން ޓެސްޓު ކުރަމުން ގެންދާނެ : ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

ފްލޫ ކްލިނިކަށް ދާ އެންމެން ޓެސްޓު ކުރަމުން ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގް ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލަސްނުކުރައްވާ ރިޕޯޓުކުރުމަށް އެދިފައެވެ.

" އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ، ރިޕޯޓު ކުރަން އެދެން. އޭރުން އެސެސް ކުރުމަށް ފަހު، ސާމްޕަލް ނަގާނެ. ފްލޫ ކްލިނިކަށް ދާ އެންމެން ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައި. " ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިގޮތަށް މަސައްކަތް ކުރުމުގައި އެއް ތަނެއްގައި މަސައްކަތް ކުރާ ތަނެއްގައި ބިދޭސީންނާއި ދިވެހިން އެބަތިބިކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ހުރިހާ މީހުނަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދު މިހާތަނަށް 15 މީހަކު ވައިރަހަށް ފައްސިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ.

މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 67 އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!