ބޮލީވުޑް މުނިފޫހިފިލުވުން

ސައިފް ކަހަލަ ސުޕަރސްޓާރެއް ދެން ނާންނާނެ: ކަރީނާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެތައް ސަތޭކަ ސުޕަސްޓާރުން އައިސްދާނެ ކަމަށާއި ނަމަވެސް ފިރިމީހާ ސައިފް އަލީ ޚާން ފަދަ ސުޕަރސްޓާރެއް ދެން ނާންނާނެ ކަމުގައި ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.

Ads by STELCO

ކަރީނާ މިހެން ބުނެފައިވަނީ ސައިފް ބޮލީވުޑުގައި 25 އަހަރު ހޭދަކުރުުމާ ގުޅިގެން އެކަމުގެ މުނާސަބަތުގައެވެ.

ކަރީނާ ބުނި ގޮތުގައި ބޮލީވުޑަށް އަދި އެތައް ސަތޭކަ ސުޕަސްޓާރުން އައި ކަމުގައި ވީ ނަމަވެސް ސައިފް ވަރުގެ މީހެއް ނާންނާނެއެވެ. އަދި ސައިފް އަކީ އެހެން މީހުންނާ ވަރަށް ތަފާތު ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައި ކަރީނާ ވަނީ ސިފަކޮށްފައެވެ.

ކަރީނާ ވަނީ ހޮލީވުޑުގެ ފިލްމުތަކުން ސައިފަށް ފުރުސަތު ލިބުނުކަން ފާހަގަކޮށްފައެވެ. ނަމަވެސް ސައިފް އެ ފިލްމުތައް ސޮއި ނުކުރީ އެންމެ ރަނގަޅަށް ކަމުގައި ވެސް ކަރީނާ ވަނީ ބުނެފައެެވެ.

ދާދި ފަހުން ކައިވެންޏަށް 8 އަހަރު ފުރުން ފާހަގަކުރި ކަރީނާ އާ ސައިފް އަންނަނީ އެމީހުންގެ ދެ ވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުންނެވެ. ކަރީނާ ވިހާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އުމުރުގެ ތަފާތުގެ ގޮތުގައި 10 އަހަރު ހުރި ނަމަވެސް ދެތަރިން މިއަދާ ހަމައަށް ވެސް ފެނިގެން ދަނީ ވަރަށް ލޯބިކޮށް އުޅޭ ދެ ލޯބިވެރިންގެ ގޮތުގަ އެވެ. ދެތަރިން އެކުގައި 2008 ވަނަ އަހަރު ނުކުތް ފިލްމު "ތަޝާން"ގެ ސެޓުން ލޯބި އުފެދި ކައިވެންޏާ ހަމައަށް ދެތަރިން ދިޔައީ 2012 ވަނަ އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!