ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މިނިވަން މުވައްސަސާތަކުގެ ކޮމިޓީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު، ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ އޭސީސީގެ މެންބަރުން ވަކި ކުރުމަށް މިއަދު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޭސީސީއަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!