މިއަދު ފަހުން ފައްސިވީ 3 ދިވެއްސަކާއި އިންޑިއާ 4 މީހުން
މިއަދު ފަހުން ފައްސިވީ ތިން ދިވެހިންނާއި އިންޑިއާ ހަތަރު މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށެވެ.
މި ހަތް މީހުންނާއެކު ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 67 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިނާއި 38 ބިދޭސީންނެވެ.
ރާއްޖެއިން މިއަދު އެކަނި ވެސް މިހާތަނަށް ވަނީ 15 ކޭސް ފެނިފައެވެ.
ވެރިރަށް މާލެއިން ގިނަ އަދަދަކަށް މީހުން ފައްސިވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.
Ads by Allied Insurance