ކެރެޓް ޖޫސް ބުއިމުން ލިބޭ ފައިދާތައް އެނގިއްޖެ ނަމަ އާޝޯހު ވާނެ!
ކެރެޓް ޖޫހަކީ ގިނަ ބައެއްގެ މެދުގައި އެހާ މަޤުބޫލް ބުއިމަކަށް ނުވެދާނެ އެވެ. ނަމަވެސް މިއީ ނުބޮއެ ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ. ކެރެޓް ޖޫހުން ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންތަކުގެ އިތުރުން ވެސް ސިއްހަތަށް ނުހަނު ގިނަގުނަ ފައިދާ ކުރެއެވެ. ކެރެޓް ޖޫހުން ލިބޭ ފައިދާތައް ކިޔައިދީފިނަމަ ހައިރާންވެ އަންތަރީސް ވާނެކަން ގައިމެވެ.
1. ގިނަ އަދަދަކަށް ނިއުޓްރިޝަން ލިއްބައިދޭ
ކެރެޓް ޖޫހަކީ ކެލޮރީސް މަދުވެފައި ހަށިގަނޑަށް ފައިދާހުރި ނިއުޓްރިޝަން ގިނަ އަދަދަކަށް އެކުލެވޭ ބުއިމެކެވެ. އެގޮތުން ޕްރޮޓީން، ޕޮޓޭސިއަމް އަދި ވިޓަމިން ހިމެނެއެވެ. މީގެ އިތުރުން ކެރެޓް ޖޫހުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ލުޓެއިން އާއި ޒީޒެންތިންގެ ސަބަބުން ހަށިގަނޑަށް އެންޓިއޮކްސިޑެންޓް ލިބިދެއެވެ. އަދި ކެރެޓް ޖޫހުގައި ހިމެނޭ ބީޓާ ކެރޮޓީން ގެ ސަބަބުން ވިޓަމިން އޭ ވެސް ހަށިގަނޑަށް ލިއްބައިދެއެވެ.
2. ލޮލަށް ފައިދާ ހުރި އެއްޗެއް.
ކެރެޓް ޖޫހަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ ބުއިމެކެވެ. ވިޓަމިންއޭ އަކީ އިންސާނާގެ ލޮލުގެ ފެނުމަށް ވަރަށް ފައިދާހުރި އެއްޗެއްކަން ދިރާސާ ތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކެރެޓް ޖޫހުގައި ހިމެނޭ ބީޓާ ކެރޮޓީން ގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅު ކޮށްދެއެވެ. އަދި އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ތަފާތު ލޮލުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެހީތެރިވެދެއެވެ.މީގެއިތުރުން ލުޓެއިން އަދި ޒީޒެންތިންގެ ސަބަބުން ނުރައްކާތެރި ދޯދިތަކުން ލޯ ރައްކާތެރިކޮށް ދެއެވެ.
3. ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ
ކެރެޓް ޖޫހުގައި ހިމެނޭ ވިޓަމިން އޭ އަދި ވިޓަމިން ސީ އަކީ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓް ލިއްބައިދޭ މާއްދާ ތަކެކެވެ. މީގެ ސަބަބުން ދިފާޢީ ނިޒާމްގެ ސެލްތައް ވަރުގަދަކޮށް ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީވެދެއެވެ.
4. ކެންސަރު ޖެހުމުން ދުރުކޮށްދޭ
ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ކެރެޓް ޖޫހުގައި ހިމެނޭ ބައެއް މާއްދާތަކަކީ އޭގެ ސަބަބުން ކެންސަރު ޖެހުމުން ދުރުކޮށްދޭ މާއްދާތަކެކެވެ. އޭގެ ތެރޭގައި ބީޓާ ކެރޮޓީން، ލުޓެއިން އަދި ޒީޒެންތިން ހިމެނެއެވެ. މި މާއްދާ ތަކުގެ ސަބަބުން ލޭގައި އުފެދޭ ކެންސަރު ޖެހުމަށް މަގުފަހިކުރާ ސެލްތައް މަރުވެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް 330 އެމްއެލްގެ ކެރެޓް ޖޫސް ބުއިމަށް އެދެވިގެންވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
5. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ
އަޅުގަނޑު މެންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއްދޭ ބޭފުޅުންނެވެ. ކެރެޓް ޖޫހުން މި ކަމަށްވެސް ހައްލު ހޯދައިދެއެވެ. އެގޮތުން ކެރެޓް ޖޫހުގައި ހިމެނޭ ވިޓަމިންސީ ގެ ސަބަބުން ހަންގަނޑު ގިނަ ދުވަހަށް ޒުވާންކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ހަންގަނޑަށް ލިބޭ ކުދި ކުދި ގެއްލުން ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން ގެ ސަބަބުން ހަންގަނޑު އިރުގެ ނުރައްކާތެރި ދޯދިތަކުން ސަލާމަތް ކޮށްދެއެވެ.
6. ހިތުގެ ބަލިތަކަށް ފަރުވާއެއް
ކެރެޓް ޖޫހުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް ކުޑަކޮށްދެއެވެ. އެގޮތުން ޕޮޓޭސިއަމް ގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށް ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ.
ޖޫސް ގިރާ ގޮތް ކިޔާ ދޭކައް ނުޖެހޭތަ
ކެރޮޓު ކާލީމަ ނިމުނީ ނޫތޯ