އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މިއަދު

އެންޓީކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުބާރު ނެތް ކަމަށް ބުނެ، އޭސީސީގެ މެންބަރުން ވަކި ކުރުމަށް އެމްޑީޕީން ކޮމިޓީއަށް ހުށަހެޅި މައްސަލަ އެޖެންޑާ ކޮށްފިއެވެ.
އޭސީސީގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަަހަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުއެވެ.
މިނިވަން މުވައްސަސާތަކުގެ މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.
އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ، ޕީޖީން ވަނީ ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.