މާލޭގައި މަގުމަތިވެފައި ތިބި 80 އަށް ވުރެ ގިނަ މީހުން ޖެންޑާއާ ހަވާލު ކޮށްފި
މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ ފަރާތް ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ކަމަށެވެ.
މީގެ އިތުރުން މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ދަނީ ފޯރުކޮށްދެމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400 އަށް ވުރެ ގިނަ ފަރާތްތަކަށް އެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މިހާރު ދަނީ ވިލަރެސްކުރަމުންނެވެ.
މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މަޢުލޫމާތު ލިބިލައްވައިފައިވާ ނަމަ ލަސްނުކުރައްވައި މި މިނިސްޓްރީގެ 3328393އާ ޙިއްޞާކުރެއްވުމަށް އެ މިނިސްޓްރީން އެދެއެވެ.