ޚަބަރު

އެމްޑީޕީ އުތުރު މާހަސިންތާ މިފަހަރު ކުޅުދުއްފުށީ ސިޓީގައި

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އުތުރު މަހާސިންތާ ކުޅުދުއްފުށީ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީން ބުނީ މި މަހާސިންތާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގެ ތެރެއިން ކަމަށާއި މި ދަތުރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ މި ދަތުރުގައި ތިލަދުންމަތީގައި ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީން ވަނީ މި ދަތުރުގައި ބައިވެރިވާން ބޭނުންވާ އެޕާޓީގެ އާއްމު މެންބަރުންނަށް ވެސް އެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ޖުމްލަ 300 މެންބަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު ޖާގަ ދޫކުރާނީ 100 ރުފިޔާއަށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!