Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މި ސަރުކާރާއެކު ޖޭޕީން ކޯލިޝަން ހަދަން ޖެހޭ ސަބަބެއް ނެތް: ޢަލީ ޙުސައިން

މި ސަރުކާރާއެކު ޖޭޕީން ކޯލިޝަން ހަދަން ޖެހޭ ސަބަބެއް ނެތް: ޢަލީ ޙުސައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރާއެކުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ކޯލިޝަން ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ މިހެން ވިދާޅުވީ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ގުނި ގޮތުން ވެސް ކަންކަން އެކަށީގެންވާ ގޮތަކަށް ނުކުރެވޭނެކަން އެނގުނު ކަމަށާއި ނަމަވެސް މިއީ ބޮޑު ޤުރުބާނީތަކެއް ވެގެން ގެނައި ސަރުކާރަކަށް ވުމުން މަޑުކޮށްލަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ވަނީ ސަރުކާރަށް ވަޢުދުތައް ނުފުއްދުނު ކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޢަލީ އިތުރަށް ވިދާޅުވީ، ހަތަރު އަހަރުގެ ތެރޭގައި ޤައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް މި ސަރުކާރަށް ގެނެވިފައިނުވާއިރު، މި ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ވެސް ނެތް ކަމަށެވެ.

އަދި ވިދާޅުވީ، ސަރުކާރަށް ސަލާމަތް ނުވެވޭނެ ކަމަށާއި ޤައުމުގެ މިނިވަންކަން ސަލާމަތް ކުރާނެ ގޮތަކާއި މެދު ވިސްނަންޖެހޭ ހާލަތަށް ޤައުމު ގޮސްފައިވާ ކަމަށެވެ.

އަދި މިއީ ވޯރާ ވިޔަފާރިވެރިންގެ ޒަމާނަށްފަހު ބިދޭސީންގެ ބާރުގެ ދަށަށް ރާއްޖެ އެންމެ ބޮޑަށް ދިޔަ ދުވަސްވަރު ކަމަށްވެސް ވިދާޅުވިއެވެ.

ޢަލީ މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިއިރު، ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމުން ވެސް ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

 

 

 

 

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް