ދުނިޔެ

ތުނބުޅި ބާލަން އެންގި އެންގުމާ ދެކޮޅު ހެދި ފުލުހަކު ސަސްޕެންޑް ކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އުއްތަރަ ޕްރަދޭޝް،އިންޑިއާ: ރާމަލާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ

Ads by Sosun Fihaara

މުސްލިމު ފުލުސް އޮފިސަރަކަށް ތުނބުޅިި ބާލަން އެންގި އެންގުމަށް ޢަމަލު ނުކުރުމުން ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އިންތިޝާރު ޢަލީ ކިޔާ އޮފިސަރެކެވެ. މީގެ ތިން ދުވަސް ކުރިން އޭނާއަށް ތުނބުޅި ބާލަން އެންގި ކަމަށާއި ނަމަވެސް އެކަމާ އޭނާ ދެކޮޅު ހެދި ކަމަށް މީޑިއާތައް ބުނެފައި ވެއެވެ.

ޢަލީއާ ހަވާލާދީ މީޑިއާ ބުނެފައިވާ ގޮތުގައި އޭނާއަކީ ދީނުގެ އަޅުކަންތަކަށް ފަރުވާތެރި މުސްލިމެކެވެ. އަދި ޑިޔުޓީ ގަޑީގައި ވެސް ގަވާއިދުން އޭނާ ނަމާދު ކުރެއެވެ. މި ސަސްޕެންޝަނާ ގުޅޭ ގޮތުން އަލީ ވަނީ ފާޑު ކިޔާފައެވެ. އެގޮތުން އޭނާގެ ދީނަށް ޢަމަލު ކުރުމަށް އޭނާއަށް އިޚްތިޔާރު ލިބޭ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ތުނބުޅި ބާލަންވީ ކީއްވެތޯ ސުވާލު ކޮށްފައިވެއެވެ.

ތުނބުޅި ނުބާލައިގެން ޢަލީ ސަސްޕެންޑް ކުރިއިރު ފުލުހުންގެ ތެރެއިން ސިކުންނަށް ތުނބުޅި ބެހެއްޓުން ހުއްދަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއެކު މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ ފުލުހުންނަށް އަމާޒު ވެފައެވެ. އެގޮތުން މީސް މީޑިއާގައި ޚިޔާލު ފާޅު ކުރި މީހަކު ވަނީ ދީންތަކުގެ ތަފާތު ކުރުންތަކަށް ފާޑު ކިޔާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!