Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

މީޑީއާތަކަށް ފައިސާ ދީގެން ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އިލްޔާސް ވެސް ކުރައްވައިފި

މީޑީއާތަކަށް ފައިސާ ދީގެން ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އިލްޔާސް ވެސް ކުރައްވައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކި އަދަދުތަކުން މީޑިއާތަކަށް ފައިސާ ދީގެން ނުފޫޒު ފޯރުވަމުން ގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލިޔާސް ލަބީބު މިއަދު ތުހުމަތު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ބިލަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ސްޕޮންސާ ދޭންޖެހޭނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ކަންކަން ބެލުމަށްފަހު އިޝްތިހާރު ކުރުމުގެ ޤާބިލުކަން ހުރި ކަމަށް އެކަށޭނަ ނޫސްތަކަށް ސްޕޮންސާ ދިން ނަމަވެސް އެނޫން މީޑިއާތަކަށް ފައިސާ ދެވިގެން ނުވާނެކަމަށް އިލިޔާސް ވިދާޅުވިއެވެ. މިހާރު ކުންފުނިތަކުން ސްޕޮންސަރ ކަނޑައަޅަނީ ރައީސް އޮފީހުން ސިޓީ ފޮނުވީމާ އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް އިލިޔާސް ވިދާޅުވިއެވެ. މީގެ ކުރިން އެމްޑީޕީގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިން ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަ ކަމަށް އިލިޔާސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތިޚާ މޮނީޓާ ކުރުމުގެ ފުރުސަތުވެސް މިއަދު އޮތީ ވަކި ނޫސްވެރިންތަކަކަށްކަމަށް އިލިޔާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޚާއްސަކޮށް ދައުލަތުގެ މީޑިއާގައި ސަރުކާރުން ބޭނުންވާ މައުލޫމާތެއް ނޫނީ ނުގެނެސްދެވޭ ކަމަށެވެ.
"ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓް ކުރަން ހުންނަ ޓީވީއެއް ނޫން އެއީ. އިރުއިރުކޮޅާ، ކޮންމެ 30 މިނެޓަކުން ރައީސުލްޖުމްހޫރިއްޔާ މިވެނި ކަމެއް ކުރައްވާ، އެވެނި ކަމެއް ކުރައްވާ އިޝްތިހާރު ހައްދަވައިގެން ދައްކަންޖެހޭ ތަނެއް ނޫން އެއީކީ" އިލިޔާސް ވިދާޅުވި އެވެ.
ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަައްމަދު ނަޝީދުވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދު ނޫސްވެރިން ކޮންޓްރޯލް ކުރަމުންދާކަން ބައިނަލްއަގުވާމީ ޖަމިއްޔާ، އީޔޫއިންވެސް ފާހަގަކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް