ސިއްޙަތު

ދަރިއަކު ހޯދަން ބޭނުންވާ ނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ޖެހޭނީ ކިތައް މަސް ކުރިން؟

. ، ދެން އޮންލައިން

އަހަރެމެންގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ދަރިން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކައެވެ. އެފަދަ މީހުންނަށް ދަރިން ހޯދަން އުނދަގޫވާ ވާހަކައެވެ.

Ads by STELCO

ދުންފަތުގެ އިސްތިއުމާލް ކުރާމީހަކަށް ދަރިޔަކު ނުލިބޭނެޔޭ ބުނުން ތެދަކަށް ނުވާނެއެވެ. ނަމަވެސް މިއީ ފިރިމީހާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އުފައްދާ މިންވަރު މަދުކުރާ ސަބަބެކެވެ. އަދި މިކަމުގެ ސަބަބުން ދަރިފަނި އުފައްދާ މިންވަރު ވެސް މަދުވެއެވެ.

ހަމައެފަދައިން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަނބިމީހާގެ އޯވަރީގައި ބިސް އުފެދުމުގެ ފުރުޞަތު ވެސް ކުޑަ ކުރާ ކަމެކެވެ.

ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރީން ލިބުމުގު ފުރުޞަތު ކުޑަކުރާ ކަމެކެވެ. ދަރީން ނުލިބޭނެ ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކަށް ދަރިން ލިބުނު ކަމުގައި ވީ ނަމަވެސް މިއީ ދަރީންގެ ސިއްހަތަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެއީ މިކަމުގެ ސަބަބުން އުފެދުމުގެ ބައެއް ބަލިތައް ޖެހުމާއި އެކަށީގެންވާ ވަރަށް ބަރުނުވުން ފަދަ ދެރަ ކަންތައްތައް ކުޑަ ދަރިފުޅަށް ދިމާ ވުމަކީ ވަރަށް ގާތް ކަމެކެވެ.

ވީމާ ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކު ދަރީން ބޭނުން ނަމަ މަދުވެގެން އެއްމަސް ކުރީން މިކަމާއި ދުރުހެލިވާން ޖެހޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!