ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ މާލޭގައި ހަވާ އަރުވަނީ

މިރޭ މާލޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 12 ޖަހާއިރު ހަވާއަރުވަން ހަމަޖެހިފައިވަނީ މާލޭގައި އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 6 މިނެޓަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާ އަރުވަނީ ދިވެހި މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން)ގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. ކައިޒީންގެ އުފަން ދުވަހަކީ މާދަމާއެވެ.







ކޮމެންޓް