Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ދަޢުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ބޭނުމެއް ނޫން: އެމްއާރްއެމް

ދަޢުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ބޭނުމެއް ނޫން: އެމްއާރްއެމް
މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދަން ބޭނުމެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެ ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން މިހެން ވިދާޅުވީ ކްލަބްހައުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެމްއާރްއެމް އަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޢާއިލީ ޕާޓީއެއް ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވައި، ފާރިސް ވިދާޅުވީ އެ އެ ސުވާލު އުފެދުމުގެ ފުރުސަތު އޮތް ނަަމަވެސް އެމްއާރްއެމްގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ ދަފްތަރު ބަލައިފިނަމަ، އެއީ ރަނގަޅު ހީއެއް ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ޕާޓީގައި ޢާއިލީ ބޭފުޅުން މަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމްއާރްއެމްއަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ނަމަވެސް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން އެ ޕާޓީން ނުނިންމައެވެ. އެމްއާރްއެމުން ބުނީ، ހުރިހައި ސިޔާސީ ޕާޓީއަކަށްވެސް، އެ ޕާޓީއާއެކު އިންތިޚާބާ ގުޅޭ މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް