ޚަބަރު

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި ރަސްމީކޮށް އެކަން އިއުލާނު ކޮށްފިއެވެ.

Ads by STELCO

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ރާއްޖެއަށް ރޯދަ މަހުގެ ހަނދު ސާބިތުވިކަން އިއުލާން ކުރުމުން ސިފައިން ވަނީ ބަޑި ޖަހާފައަ އެވެ. ބަޑިޖެހުން އޮތީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.

ރޯދަ މަސް މިއަހަރު އަންނަ އިރު ކޮވިޑް-19 އިގެ ބަލާމުސީބަތާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގެ ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި މުލަ ރޯދަ ހުކުރާ ދިމާވާއިރު ހުކުރު ނަމާދު ކުރުން ވެސް ވަނީ މާލޭގައި ހުއްޓާލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!