Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދައުލަތަށް 52 މިލިއަން ދޭން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލްކޮށްފި

ދައުލަތަށް 52 މިލިއަން ދޭން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލްކޮށްފި

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ވ.އާރަށުގެ މައްސަލައިގައި ހުކުމް އިއްވިތާ ދެމަހެއްހައި ދުވަސް ފަހުން އެމައްސަލައިގައި ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް އަމުރު ނެރުނީ އިޖުރާއަތާއި ހިލާފަށް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެއެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

އޭގެ އިތުރުން އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައިނުވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އިމްލާ ކުށް އިސްލާހު ކުރުން ފިޔަވައި އިތުރު ބަދަލެއް ހުކުމަކަށް ނުގެނެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް