ޚަބަރު

ސަރަނގު އާދަމް މަނިކު ވެސް މާލޭގެ މޭޔަރު ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސަރަނގު އާދަމް މަނިކު ވެސް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

Ads by STELCO

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރުކަން އެންމެ ފުރަތަމަ ކުރެއްވި އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ އެމަޤާމަށް ކުރިމަތިލައްވަނީ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރުމަށް ކަމަށާއި ދެންވެސް މާލެއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ އޭނާ އަށް ކަމަށެވެ.

އާދަމް މަނިކު ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ސަރަނގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒް (ނިޔާ) އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!