ބޮލީވުޑް މުނިފޫހިފިލުވުން

ގިނަ ބަޔަކު ބަލާ ހިތުން ތިބި ކަރީނާގެ "ބަނޑު" އެންމެ ފަހުން ދައްކާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދެވަނަ ދަރިފުޅަށް ބަލިވެ އިން ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ޚާން އޭނާގެ ބޮޑުވަމުން އަންނަ ބަނޑު ދައްކާލައިފިއެވެ.

Ads by Sosun Fihaara

ކަރީނާ ކަޕޫރު ބަނޑުބޮޑު ކަން ހާމަކުރި އިރުއްސުރެ ގިނަ ބަޔަކު އަންނަނީ ކަރީނާގެ ހަރަކާތްތަކަށް ފާރަލާ، އޭނާގެ ބަނޑުބޮޑު ފެޝަން ސްޓައިލަށް އިންތިޒާރު ކުރަމުންނެވެ.

މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން ކަރީނާ އާންމުކޮށް ފެނިގެން ދިޔަ ނަމަވެސް އޭނާގެ ފަސް މަހުގެ ބަނޑު ފެންނަ ގޮތަށް ހެދުން އަޅާފައިވާ ފޮޓޯތަކެއް ދާދި ފަހުން ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

ކަޅު ލެގިންސް އަކާއި ޑެނިމް ޖެކެޓެއްގައި ކަރީނާ ފެނިގެން ދިޔައީ ފިރިމީހާ ސައިފް އަލީ ޚާން އާއެކު މަގުމަތިންނެވެ. އާދައިގެ ގޮތަކަށް ދެމީހުން ފެނިގެން ދިޔައިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމީހުންގެ ތިބީ މާސްކު އަޅައިގެންނެވެ.

ކަރީނާ ބަނޑުބޮޑު ކަން ހާމަކޮށްފައިވަނީ މީގެ ދެ މަސް ކުރިންނެވެ. އޭނާ ވިހާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދެވަނަ ފަހަރަށް ބަލިވެ އިނީ ވެސް އެކަމަށް ކުރިންސުރެ ތައްޔާރުވެގެން ހުއްޓާ ނޫން ކަމުގައި ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައި ވެއެވެ.

ދާދި ފަހުން ކައިވެންޏަށް 8 އަހަރު ފުރުން ފާހަގަކުރި ކަރީނާ އާ ސައިފަކީ ބޮލީވުޑު ޖޯޑުގެ ތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ލޯބިކުރާ އެއް ޖޯޑެވެ.

އުމުރުގެ ތަފާތުގެ ގޮތުގައި 10 އަހަރު ހުރި ނަމަވެސް ދެތަރިން މިއަދާ ހަމައަށް ވެސް ފެނިގެން ދަނީ ވަރަށް ލޯބިކޮށް އުޅޭ ދެ ލޯބިވެރިންގެ ގޮތުގައެވެ. 2008 ވަނަ އަހަރު ނުކުތް ފިލްމު "ތަޝާން"ގެ ސެޓުން އުފެދުނު މިލޯބި ކައިވެންޏާ ހަމައަށް ދިޔައީ 2012 ވަނަ އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!