ޚަބަރު

ކުރަން ހެޔޮ ނުވާ ވަރުގެ ވާހަކަ ދެއްކެވުމުގެ ކުރިން ސިޔާސީ މީހުން ވިސްނަން ޖެހޭ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ސިޔާސީ ބޭފުޅުން ކުރަން ހެޔޮ ނުވާ ވަރުގެ ވާހަކަ ދެއްކެވުމުގެ ކުރިން ވިސްނަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކ. ކާށިދޫ އާއި ކ.ގާފަރާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން  ރައީސް  ނަޝީދު މިހެން ވިދާޅުވީ މިއަދު ހިނގައިދިޔަ މަޖިލިސް ބައްދަލުވުމުގައެވެ.

"ވާން ހުރި ކަންކަމާއި ކުރަން ހެޔޮވާ ވަރު ކަންކަމާއި ކުރަން ހެޔޮ ނުވާ ވަރުގެ ކަންކަން އަޅުގަނޑުމެން ސިޔާސީ މީހުންގެ ގޮތުގައި ތިބެ ދައްކާ އިރު އެކަންކަމާ ގުޅޭ ގޮތުން ވިސްނާލުމަށް" މެމްބަރުންނަށް ނަސޭހަތް ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

އަދި ދިވެހިންގެ އުންމީދަކީ އެކިއެކި ރަށްރަށުގައި ބޮޑެތި އުމްރާނީ މަސައްކަތްތަކެއް ހިންގުން ކަމަށާއި ކޮންމެ ރަށަކީ ގައުމެއްގެ ގޮތުގައި ސިފަވާ ގޮތަށް ހުރިހާ ހިދުމަތެއް ލިބޭ ރަށަކަށް ހެދުމަކީ ދިވެހިންގެ ވިސްނުމެއް އަދި ތަސައްވުރެއް ކަމަށެވެ. މި ސަބަބަށް ޓަކައި ސިޔާސީ ބޭފުޅުން އެކިއެކި ވާހަކަ ދައްކަވާއިރު، ކުރަން ހެޔޮ ވާވަރުގެ ވާހަކަ އާއި ކުރަން ހެޔޮ ނުވާ ވަރުގެ ކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!