ކުޅިވަރު

ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް ބުނާ ބޭރުގެ ރިޕޯޓްތައް އޭނާ ދޮގުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިސްލާމްދީނަކީ ޓެރަރިޒަމްގެ އަސްލު ކަމުގައި ތުހުމަތުކޮށް ފްރާންސްގެ ރައީސް އިމޭނުއަލް މެކްރޯން ވާހަކަ ދެއްކުމުން، އެގައުމުގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި ކަމަށް ބުނާ ބޭރުގެ ރިޕޯޓްތައް އޭނާ ދޮގު ކޮށްފިއެވެ.

Ads by MWSC

އޭނާ މިކަން ދޮގުކޮށްފައި ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްްގައެެވެ.. އެގޮތުން ބޭރުގެ މީޑިއާ އެއް ކަމަށްވާ "ދި ސަން"އިން ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް ބުނާ ޚަބަރުގެ ފޮޓޯއެއްގައި އެއީ ފޭކް ހަބަރެއް ކަމަށް އޭނާ ޖަހާފައިވެއެވެ.

އިންސްޓަގްރާމްގައި ޕޮގްބާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "ދި ސަން" އިން އަނެއްކާ ވެސް އޭނާގެ ދޮގު ހަބަރެއް ފަތުރާފައިވާ ކަމަށެވެ. އޭގެން ދޭހަވެގެން ދަނީ މީގެ ކުރިން ވެސް ބޭރުގެ މި މީޑިއާއިން ޕޮގްބާގެ ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމެވެ. އަދި ހަމަ އެހެންމެ ބޭރުގެ މީޑިއާތަކުން އޭނާގެ ބޭނުން ކޮށްގެން ދޮގު ހަބަރު ފެތުރުމުން އޭނާ ވަރަށް ހައިރާންވެ ރުޅި އައިސްފި ކަަމަށާއި، އަދި އެކަމާ ވަރަށް ލަދުވެސް ގަނެއްޖެ ކަމަށް ޕޮގްބާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ބޭރުގެ މީޑިއާތަކުގެ ރިޕޯޓްތަކުގައި ބުނެފައިވަނީ، އެކަމާ ބެހޭގޮތުން  ޕޮގްބާ އަދި ފްރާންސްގެ ފުޓްބޯޅަ އެސޯސިޢޭޝަނުންވެސް އެއްޗެއް ނުބުނާ ކަމަށެވެ. ނަމަވެސް ބޭރުުގެ ގިނަ މީޑިއާތަކުން އެކަން ވަނީ ޔަގީން ކޮށްފައި ކަމަށެވެ. "ދި ސަން" ނޫނަސް ބޭރުގެ އެހެން މީޑިއާ ތަކާއި މީސްމީޑިއާގެ އެކި ޕޭޖުތަކުގައި ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަށް ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!