ޚަބަރު ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރ ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށްހެ ލްތް މިނިސްޓަރު އަހުމަދު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ފޮނުވައިފިއެވެ.

Ads by STELCO

މި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށް ކޮމިޓީއަށް ވެސް ފޮނުވާފައެވެކުރީގެ ހެލްތް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވީ އަބްދުﷲ އަމީންއެވެ. އޭނާ މި  މަގާމުން ވަކިވެފައިވަނީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވަނީ މި މަހުގެ 22 ވަނަ ދުވަހު މި މަގާމަށް ނަސީމް އައްޔަން ކުރައްވާފައެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ. މިހާތަނަށް އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި މިނިސްޓަރު ނަސީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ނަސީމްއަކީ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ހާރިޖީ ދާއިރާގައި ތަޖުރިބާ ގިނަ ބޭފުޅެކެވެ.

Ads by Allied Insurance
  1. އުތުރުފެންޑާ

    ތިޔައީ ގަަަަަަަަައުމުގެހަލާކު