ޚަބަރު

އަލްޖޭރީ ފައުންޑޭޝަނުން ދިހަހާސް މުސްޙަފް ހަދިޔާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޠަލާލް އަލްޖޭރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 10،000 މުސްޙަފް ހަދިޔާކޮށްފި އެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި އެމުސްޙަފްތައް ހަވާލު ކޮށްދެއްވީ ފައުންޑޭޝަންގެ ރައީސް ޑރ. އަބްދުﷲ ރަޝީދު އަހްމަދެވެ. އެކަމަށްޓަކައި މިއަދު އެމިނިސްޓްރީގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ.

ތަލާލް އަލްޖޭރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

އިސްލާމީ ތަޢުލީމާއި ތަރުބަވީ ތަޢުލީމު ފުޅާކުރުމަށް މުޖުތަމައަށް އެހީތެރިވުމަކީ ވެސް މި ޖަމްއިއްޔާގެ މަަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަހަރުގެ ޖެނުއަރީ މަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ތަލާލް އަލް ޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!