ދުނިޔެ

އިންޑިޔާގައި ކޮރޯނާވައިރަސް ފަތުރަނީ މުސްލިމުންކަމަށް ތުހުމަތުކޮށް، މުސްލިމުންނަށް އަނިޔާ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ހިންދޫންނާއި މުސްލިމުގެ އަރާރުން ބޮޑު އިންޑިޔާގައި ކޮރޯނާވައިރަސް ފަތުރަނީ، މުސްލިމުންކަމަށް ބުނެ މުސްލިމުންނަށް އަނިޔާކުރުން އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

މިގޮތަށް ތުހުމަތުކޮށް އާންމުންގެ އަނިޔާ މުސްލިމުންނަށް އަމާޒު ވަމުންއަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މިހާރު ފުލުހުންނާއި ގާނޫނު ނަގަހައްޓަން ތިބި މީހުންގެ ފަރާތުންވެސް މިކަން އާންމުވާން ފަށައިފިއެވެ.

44 އަހަރުގެ ނަސީރުއްދީން ކިޔައިދިން ގޮތުގައި، މުސްލިމުން މި ވައިރަސް ފަތުރާކަމަށްބުނެ ފުލުހުން އޭނާއަށް އަނިޔާކުރުމުން މަގުމަތިން ނުތެދުވެވި އެއް ގަޑި އިރު އޮންނަން ޖެހުނެވެ. ކަރްނާޓަކާގެ ހަމްނާއާބަދުގައި ދިރިއުޅޭ ނަސީރުއްދީން، އެދުވަހު ބޭރަށް ނިކުތީ ތަރުކާރީ ގަތުމަށެވެ. ނަސީރުއްދީނަކީ އިމާމެއް ކަމުން، ސުންނަތުގައިވާ ފަދައިން ހެދުން އަޅާ ތުނބުޅި ދިގުކޮށްފައިވެއެވެ. މަގުމަތިން ފުލުހުން އޭނާގެ ސައިކަލު ހިފެހެއްޓުމަށްފަހު، އޭނާއަށް އަނިޔާ ކުރަމުން، ނަސީރުންދީން ނިސްބަތްވާ މުޖުމްތަމަޢުގެ ސަބަބުން ބަލިފެތުރޭކަމަށް ބުނެ ވަރަށް ހުތުރުބަހުން އެއްޗެހިކިއެވެ.
ނަސީރުއްދީން ހޮސްޕިޓަލުގައި އޮވެ ފުލުހަށް ގުޅާ މިމައްސަލަ ރިޕޯޓް ކުރިއެވެ. އަދި ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިކަމުގައި ބައިވެރިވި ފުލުސްމީހާ ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ހާމަކުރިއެވެ.

ނަސީރުއްދީނަކީ މިގޮތަށް ހަމަލާ އަމާޒުވި ހަމައެކަނި މީހާއެއް ނޫނެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި އުޅޭ 200 މިލިއަން މީހުނަށް މަގުމަތިންނާއި އޮންލައިންކޮށްވެސް މިކަމާއި ގުޅިގެން ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. ދިއްލީގައި އުޅޭ މިސްލިމުންގެ އާއިލާތަކުން ހާމަ ކުރިގޮތުގައި، ފުލުހުންގެ ފަރާތުން އަނިޔާލިބެމުން ދާތީ ޒަރޫރީ ސާމާނު ހޯދުމަށްވެސް ބޭރަށް ނިކުންނަން ޖެހިލުންވާކަމަށެވެ. ޕަންޖާބުގައި ކިރުގެ ވިޔަފާރި ކުރާ މީހުން ހާމަކުރި ގޮތުގައި، އެމީހުންގެ ގެއަށް ފުލުހުން އައިސް ބަލާފާސް ކުރާ ކަމަށާއި، އަވަށު މީހުން އިންޒާރު ދީ ހަދާތީ، އެމީހުން އުފައްދާ ބާވަތްތައް ގަތުމަށް މީހުން ޖެހިލުންވާކަމަށެވެ.
ސައުތު އޭޝިޔާގައި ބޭސްވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އިންޑިޔާގައި، މިހާތަނަށް 24،530 މީހުނަށް މިބަލި ޖެހި 780 މީހަކުވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!