ސައުދީ އަރަބިއްޔާއަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފި
ސައުދީ އަރަބިއްޔާއަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފިއެވެ.
ބުދަ ދުވަހު ދެފަހަރެއްގެ މަތިން އެގައުމަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވާއިރު، ތިން މިސައިލާއި ހަ ޑްރޯން ހަމަލާ އެޤައުމަށް އަމާޒުކޮށްފައިވާ ކަމަށް ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެފައިވެއެވެ.
މި ހަމަލާތައް ފޮނުވާލީ ސައުދީ އާއި އިންވެގެން އޮންނަ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށް އަރަބި ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވިއެވެ.
ހޫތީން ހޫތީ ހަނގުރާމަވެރިން ދާދިފަހުން ސައުދީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ސައުދީގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އެޤައުމަށް ނުރައްކާ ކުރުމަށް ހޫތީން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
ހޫތީން ވަނީ އެޤައުމުގެ ޝާހީ ގަނޑުވަރުތައް ހުންނަ ސަރަޙައްދުތަކަށް ވެސް ހަމަލާ އަމާޒު ކުރާނެ ކަމަށް ބުނެފައެވެ.