ދުނިޔެ

ކޮވިޑް-19 އިން ސަލާމަތްވެގެން އާއިލާ ކައިރިއަށް ދިޔުމުން މަރުޙަބާ ކިޔަން އެތައް ސަތޭކަ އެމްބިއުލެންސް: މިއީ ކޮށްފައިވާ ހެޔޮކަންތަކުގެ ބަދަލު

ދެން އެމްވީ ، ދެން އޮންލައިން

އިޒްރޭލަށް އުފަން އެލީ ބިއަރ އަކީ، އެގައުމުގައި އެމްބިއުލަންސްގެ ޚިދުމަތްދޭ މީހެކެވެ. 1978 އަހަރު އެލީ އުޅޭ ހިސާބުގެ ބަހެއްގައި ބޮމެއް ގޮއްވާލައިގެން ޒަޚަމްވިބަޔަކު، ހޮސްޕިޓަލަށް ގެންދަން ގިނައިރު ތަކެއްވެ، މިކަމުން އެލީގެ ހިތަށް އަސަރުކޮށް މިކަމަށް އެހީތެރިވުމުގެ ގޮތުން އެމްބިއުލެންސް ގެ ޚިދުމަތްދޭން ފެށީ އުމުރުން އެންމެ 15 އަހަރުގައެވެ.

Ads by Sosun Fihaara

ކިޔަވަމުން އަދި އާއިލާގެ ވިޔަފާރިއަށްވެސް ވަގުތު ދެމުން އެލީ ފެށި މި މަސައްކަތް އޮރގަނައިޒޭޝަނެއްގެ ދަށަށް އައިސް، 25 އަހަރުވީ އިރު މި އޮރގަނައިޒޭޝަންގައި 5000 މީހުން ހިލޭސާބަހަށް މަސައްކަތް ކުރެއެވެ. ވަކި ނަޞްލެއް ،ދީނަކަށް ނުބަލާ އަހަރަކު 3 ލައްކަ މީހުނަށް އެލީމެންގެ ޚިދުމަތް ފޯރުކޮށްދެނީ އެއްވެސް އަގަކާނުލައެވެ. އާދައިގެ އެމްބިއުލެންސްގެއިތުރުން ސައިކަލުވެސް ބޭނުން ކުރާ މި އޮރގަނައިޒޭޝަނުގެ ޚިދުމަތަށް ގުޅުމުން އެވްރެޖްކޮށް 3 މިނެޓުން އިޒްރޭލުގެ ކޮންމެ ހިސާބަކަށް ވެސް ދެވެއެވެ.

މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދީ، މިވަރުގެ ޚިދުމަތެއް އިންސާނިއްތަށް ކޮށްދެމުން ދިޔައިރު ކޮވިޑް19 ޖެހިދާނެކަމުގެ ފިކުރެއް ވެސް އޭނާގެ ނެތެވެ.ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. މަޔާމީގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެލީގެ ޙާލަތު ގޯސްވެ އައި.ސީ.ޔޫގައި ފަރުވާދޭން ޖެހުނެވެ. އާއިލާއާއި 5000 މޭލު ދުރުގައި، މި ނުރައްކާތެރި ބައްޔާ ހަނގުރާމަކުރަމުން ގޮސް، ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ "އިންޑިއުސްޑް ކޯމާ" އެއްގައި ބޭއްވުން ކަމަށް ޑޮކްޓަރުންނަށް ފެނުނެވެ. އެހެން ކަމުން 3 ހަފްތާއަށް އެލީ ކޯމާގައި ބޭއްވިފަހުން ހޭ އެރުމުން ޓެސްޓްކުރެވުނު އިރު ކޮވިޑް-19 އަށް ނެގަޓިވްއެވެ. ٱلْحَمْدُ لِلَّٰهِ‎ މި ނުރައްކާތެރި ބަލިން އެލީއަށް ޝިފާ ލިބިއްޖެއެވެ.

އެލީގެ ޚަބަރު، ލިބުނު ތަނަވަސް މީހަކު އޭނާގެ ޕްރައިވެޓް ޖެޓްގައި، އެއްވެސް އަގަކާ ނުލާ އެލީ އޭނާގެ ގައުމަށް ގެންގޮސްދިނެވެ. އެއަރޕޯޓަށް ދިޔަ މަގުމަތީގައި ވެސް އެތައް ބަޔަކު ކާރު ހުއްޓައިގެން އެލީ އަށް ހެޔޮބަސްތަކުން ސަލާމް ކުރިއެވެ. ގައުމަށް ދިޔައިރު އެލީއަށް މަރުޙަބާކިޔުމަށް، އެލީ އުފެއްދި އޮރގަނައިޒޭޝަންގެ އެތައް ސަތޭކަ އެމްބިއުލެންސް އައިސް އޮތެވެ. މިއީ ހެޔޮ ކަންތަކުގެ ބަދަލު ދުނިޔެމަތީގައި ލިބޭގޮތެވެ. ސިއްޙީ ޚިދުމަތްތެރިން އިސްވެ ތިބެ އެލީއަށް މަރުޙަބާ ކީ ބަޠަލަކަށް މަރުޙަބާކިޔާނޭ ފެންވަރުގައެވެ. އާއިލާ އާއި ބައްދަލުވި ހިނދު އެލީއަށް އޭނާގެ ކަރުނަ އެއް ނުހިފެހެއްޓުނެވެ.

"ނަސް ޑެއިލީ" އަށް މަޢުލޫމާތު ދެމުން އެލީ ބުނީ، އަލުން އާއިލާގެ މެމްބަރުން ފެންނާނޭކަމަށް ހީނުކުރާކަމަށާއި، ކޮވިޑް-19 އަކީ ވަރަށް ވޭންބޮޑު ބައްޔެއް ކަމަށެވެ.އަދި މި ބަލިޖެހުމަށް ވަކި މީހަކު ނެތްކަމަށާއި، ކުލައާއި، ދީނާއި ނަސްލަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތަ ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނެ ހަމައެކަނި ގޮތަކީ އެންމެން އެކުވެރިވެގެން ތިބުން ކަމަށް ވެސް އެލީ ބުންޏެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!