ދުނިޔެ

ލޮކްޑައުންތަކާއި ގުޅިގެން މައްކާ ފަޅުވެފައި – ހިތާމަވެރި މަންޒަރެއް

ދެން އެމްވީ ، ދެން އޮންލައިން

އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރުގެ ރަމަޟާން މަސް މިވީ މައްކާއަށް ވަރަށް ފަޅު އަހަރަކަށެވެ. އެތައް ހާސް މީހުން އަޅުކަން ކުރަމުން ދިޔަ މިސްކިތްތައް މިއަދު އޮތީ ހުސްކޮށެވެ. ޙަރަމްފުޅު އެންމެ ބައިބޯކޮށް އޮންނަނީ ހައްޖު މޫސުމުގައި ކަމަށްވިޔަސް، އެއްވެސް އިރަކު ހަރަމްފުޅު ބަންދެއް ނުކުރެއެވެ. ނަމަވެސް ރަމަޟާން މަހަށް ހަނދުބެލި ރޭ ވެސް އެތަނުގައި ތަރާވީޙް ނަމާދު ކުރި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަންޏެވެ. މިއީ މުސްލިމުންގެ ހިތްތަކަށް މޮޅިވެރިކަން ގެނުވި މަންޒަރެކެވެ.

Ads by Sosun Fihaara

ދުނިޔޭގެ ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ވަނީ، ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލާފައެވެ. ރަމަޟާން މަހާއި ދިމާކޮށް މުސްލިމުންނަށް ގެއްލޭނެ އެންމެ މުހިއްމު ދެ ކަމަކީ، އާއިލާ އާއި ރައްޓެހިން އެއްތަންވެ ރޭގަނޑު ކެއިންބުއިމާއި، މިސްކިތަކުގައި ޖަމާޢަތުގައި އަޅުކަން ކުރުމެވެ. ނަމަވެސް މިއަހަރު 1.8 ބިލިއަން މުސްލިމުން އަޅުކަން ކުރަމުން ދާނީ އެމީހުންގެ ގެތަކުގައެވެ.

ނަމާދު ކުރުމާއި ޠަވާފް ކުރުމުގެ އިތުރުން، އިފްތާރު ގަޑިއަކީ ވެސް ވަރަށް ގިނަ ބަޔަކު އެއްވާ ވަގުތެކެވެ. ނަމަވެސް މިއަހަރު އެއްވެ އުޅުން މަނާކުރުމާއި ގުޅިގެން، ސަޢުދީ ޢަރަބިޔާގެ ރަސްގެފާނު ނެރުނު ބަޔާނެއްގައި ވަނީ، " ޖަމާޢަތުގައި ނަމާދުކުރުމާއި ތަރާވީޙް ނުކުރެވޭ ޙާލަތެއްގައި ރަމަޟާން މަސް އަޅުގަނޑުމެނާއި ބައްދަލު ކުރިކަން އެއީ ވަރަށް ހިތާމަ ކުރާކަމެއް ކަމަށާ، ނަމަވެސް ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް މިނޫން ގޮތެއް ނެތްކަމަށް" ބުނެފައެވެ.

މިހާތަނަށް ސައުދީ އަރަބިޔާ އިން 16،299 މީހަކަށް މިބަލި ޖެހި 136 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!