ދުނިޔެ

ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު 2 ލައްކައަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2 ލައްކައަށް އަރައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް19 ޖެހިގެން މިހާތަނަށް 200,812 މީހުން މަރުވެފައިވާ ކަމަށް އެންމެ ތަފާސް ހިސާބުތަކުން ދައްކާއިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ތިން މިލިއަނާއި ގާތް ކޮށްފައެވެ.

2019 ވަނަ އަހަރު ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް19 ގެ އެންމެ ބޮޑު އަސަރެއް މިހާތަނަށް ކޮށްފައިވަނީ އެމެރިކާ އަށެވެ. އެމެރިކާ އިން 931,554 މީހަކަށް ބަލި ޖެހި 52,936 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާ ގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކެއް ގައި ވެސް ވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ސްޕެއިން، އިޓަލީ، ފްރާންސް އަދި ޖާރމަނީ ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ އިތުރުން އިނގިރޭސި ވިލާތާއި ތުރުކީ ގައި ވެސް ވައިރަސް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ވަނީ ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ.

ކޮވިޑް19 އަށް މިހާތަނަށް ފަރުވާ އެއް ހޯދިފައި ނެތެވެ. ނަމަވެސް ގިނަ ވެކްސިން ތަކެއް ގެ ޓްރަޔަލް މަސައްކަތް ދަނީ ކުރިއަށްދަމުންނެވެ.

މި ވައިރަސް އަކީ ބަލި މަޑުކަމެއްގެ ގޮތުގައި ޑަބްލިޔު އެޗްއޯ އިން ކަނޑައަޅާފައިވާއިރު މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމުގައި އދ. އިން ވަނީ ހާމަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!