ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ބައްޕަގެ ލޯބި ނުލިބުނު އަންހެން ދަރި، ބައްޕަ މުސްކުޅިވުމުން އެއްލައެއް ނުލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވިސްނުންތެރި މީހަކަށް ބުނެވިފައިވާ ތެދެކެވެ. ގިނަ އަންހެނުންގެ ހިތްތައް ދުރުހިލޭ ފިރިހެނަކަށް ހަލާކު ކޮށްލެވުމުގެ ކުރިން، އެމީހެއްގެ އަމިއްލަ ބައްޕައަށް ވަނީ އެފަދައިން ކަންތައް ކުރެވި، އަންހެން ދަރިންނަށް ދެރަ ދެވިފައެވެ.

Ads by Sosun Fihaara

އަންހެން ދަރިންނާއިމެދު ތަފާތު ކުރުމާއި، ބޭއިންސާފުން ކަންކަން ކުރެވުމާއި، ވަކި ޙައްޤުތަކަކުން މަޙްރޫމް ކޮށްލުން ވެސް ހިމެނޭއިރު، އަންހެން ދަރިންނަކީ ވަރަށް ނުބައި ބައެއް ކަމުގައާއި ކޮންމެފަދަ ނުބައި ކަމެއް ވެސް ކޮށްފާނެ ބައެއްކަމަށް ދެކޭ ބައްޕައިން ވެސް މަދެއް ނޫނެވެ. މިއީ ވެސް އެފަދަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު އަންހެނެކެވެ.

"ދެން" އަށް އޭނާގެ ވާހަކަ ކިޔައިދެމުން ބުނީ، އޭނާ ހަނދާންވާން ފެށިއްސުރެ އޭނަގެ ބައްޕަގެ ފަރާތުން އެކި ކަހަލަ އަނިޔާއާއި ހިތާމަ ލިބެމުން ދިޔަ ކަމަށެވެ.

"ވަރަށް ހަނދާން ހުންނަ ހާދިސާއެއް. އެއް ދުވަހު، ގޭގައި އުޅޭ ދެބެންގެ ދެދަރި ކުދިން ތަކަކާއެކީ ތިބީ ގަނޑުފިއްލާ ކުޅެން. އަހަންނާއި އެހެން ކުއްޖަކާ އޮތީ ގަނޑަށް ވެގެން، ބެޑްޝީޓެއް ގައިމަތީގަ އަޅައިގެން ފިލާ. އެހެން ކުދިންނަށް އައިސް ޖެހޭނީ އަހަރުމެން ގައިގަ އަތްލާފަ ބުނަން ކާކު ގައިގަތޯ އަތްލެވެނީ. އެއިރު އަހަރެން އުމުރުން ވާނީ ނުވަ އަހަރު. އަހަންނާއި އެކުއްޖާ ބެޑްޝީޓު ދަށުގައި އޮތީ 10 އާއި ހަމައަށް ގުނަން ހުރި ކުއްޖާ ގުނާ ނިމިގެން ހޯދަން އަންނަންދެން. އެކަމަކު 6 އާއި ހަމައަށް ގުނާފަ ހުއްޓާލީ، އަހަރުމެން ވަރަށް ހައިރާންވި. ދެން ފެނުނީ ކުއްލިއަކަށް މީހަކު ބެޑުޝީޓު ހިއްލާލާފަ އެއްލާލިތަން. ބަލާލިއިރު ހުރީ އަހަރެންގެ ބައްޕަ.

ބައްޕަ ހުރީ ވެސް ވަރަށް ރުޅިއައިސްފަ. އަހަރެންގެ އިސްތަށިގަނޑުގައި ހިފާ އެނދުން ވައްޓާލާފައި، އަތުގައި ހިފާ ދަމާ ނަގާފަ ގޮވައިގެން ދިޔައީ، އަބަދު ކުޅެނީއޭ ބުނެ އެއްޗެހި ގޮވަމުން. އަހަރެންގެ ދެބެންގެ ދެދަރި ކުދިން އަހަންނާއި ދިމާލަށް ބަލަން ތިބި. އަހަންނަށް ލިބެން އުޅޭ އަނިޔާ އެނގިފަ ބިރުން އަހަރެން ވަރަށް ރުއިން. ކަންވީވެސް އެހެން. ގެއަށް ގެންދިޔުމާއެކު ބައްޕަ އަހަރެންގެ ގައިގަ ދޭފަތުން ވަރަށް ބޮޑަށް ތެޅި"

މީގެ އިތުރުން ވެސް އެއް ހާދިސާއެއް އޭނާ ކިޔައިދިނެވެ. އެދުވަހު އޭނަގެ ބައްޕަ އޭނައަށް އަނިޔާ ކުރީ، އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ އޭނައޭ ކިޔާފަ ދޮގު ހެދުމުންނެވެ.

"އަހަރުމެން އުޅުން ގޭގެ ތިރީބައިގަ އުޅުން ފިރިހެން ކުއްޖެއް އެއީ. އޭނަ އަތުގަ ބޭބެގެ ސީޑީއެއް އޮތީމަ، ބޭބެ އޭތި ހޯދަން ބުނީމަ އެރޭ އެކުއްޖާ އޮފީހުން އައިމަ އަހަރެން ތިރިއަށް ފޭބީ އެސީޑީ ބަލާ. އެމަންޒަރު އެހެން ބޭބެ އަކަށް ފެނިގެން އޭގެ އަނެއް ދުވަހު ހެނދުނު އަހަރެން ސްކޫލުގައި ހުއްޓާ ބައްޕަ ގާތު ދޮގުހެދީ. އެއިރު އަހަރެން އުޅުނީ އަމީނިއްޔާ ސްކޫލް ގްރޭޑް 10 ގައި، އެއީ 2001 ވަނަ އަހަރު.

ބައްޕަ ކައިރީ އެދުވަހު ދޮގު ހަދާފަ އެބޭބެ ބުނީ އަހަންނާއި އެކުއްޖާ ގޯސް ކަންކަން ކުރީއޭ. އަހަރެން ސްކޫލް ނިމިގެން ގެއަށް އައިރު އެފިރިހެން ކުއްޖާގެ ގޭ މީހުން ބުނީ ބައްޕަ އެގެއަށް ގޮސް އެމީހުންނާ ދިމާލަށް ވަރަށް އެއްޗެހި ކިއޭ. އަހަރެން ހުރީ ހައިރާންވެފަ. ގެއަށް އެރިތަނާހެން ބައްޕަ އަހަރެންގެ ކަރުގައި ހިފި. ބައްޕަ ދުރުކުރީ އަހަންނާއި ޖެހިގެން ދޮށްޓަށް ހުންނަ ބޭބެ. އެދުވަހުވެސް ބައްޕަ ވަރަށް އަނިޔާކުރި"

މިހާރު އޭނަގެ ބައްޕައަކީ އުމުރުން ދުވަސްވީ މީހެކެވެ. ބަލި މީހެކެވެ. އޭނަގެ ބައްޕަ އެހާ ލޯބިން ގެންގުޅުނު ފިިރިހެން ދަރިން އެބައްޕައެއް ނުބަލައެވެ. ބައްޕަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދަނީ އެއަންހެން ދަރިއެވެ. ބައްޕައަށް ކެވޭނެ ގޮތަށް ކައްކާ، ކާންދީ، ބައްޕަލާ އަންނައުނު ވެސް ދޮވެ އިސްތިރި ކޮށްދެނީ ވެސް ހަމަ އެ ބާކީ ކޮށްލި އަންހެން ދަރިއެވެ.

Ads by Ooredoo
  1. ހައިރާން

    މިއީ އަހަރެން ވެސް ކުރި ހިތްދަތި ތަޖުރަބާއެއް ި