ދުނިޔެ

ނޯތު ކޮރެޔާގެ ލީޑަރު މަރުވި ކަމުގެ ޚަބަރުތަކެއް، މިއީ ތެދު ނަމަ ދެން ވެރިކަމަށް އަންނާނީ ކޮއްކޮ ކިމް ޔޯ-ޖޮންގ؟

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ބަންދުވެފައިވާ ގައުމު، ނޯތު ކޮރެޔާގެ ހަރުކަށި ލީޑަރު ކިމް ޔޮންގ-އުން، މަރުވެއްޖެ ކަމަށް ވަރަށް މުޢުތަބަރު މަސްދަރަކާއި ހަވާލާދީ ހޮންގކޮންގ މީޑިޔާއަކުން އިއްޔެ ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

ޖަޕާނުގެ މީޑިޔާއަކުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ކިމް ޔޮންގ-އުން ގެ ހާލު ވަނީ ވަރަށް ނާޒުކު ފައްތަރެއްގެއެވެ. މި އަޑުތައް ގަދަވާން ފެށީ، ހުކުރު ދުވަހު ޖަޕާނުގެ މެޑިކަލް ޓީމެއް ނޯތު ކޮރެއާއަށް ދިޔަކަމަށް ރޮއިޓާރސް އިން ރިޕޯޓް ކުރުމުންނެވެ. ނަމަވެސް ސަރުކާރުން ޚަރަދު ކުރާ ނޯތު ކޮރެޔާގެ މީޑިޔާއިން ހާމަ ކުރާ ގޮތުގައި، އެ ގައުމުގެ ލީޑަރު ހުރީ ހެޔޮ ހާލުގައެވެ. ގައުމުގައި އެއްވެސް ކަހަލަ ހާސްކަމެއް ނެތެވެ.

ދުނިޔެއާއި ގުޅުން ކުޑަކަމުން ނޯތު ކޮރެޔާގައި ރަނގަޅުކަމެއް ވިޔަސް ދެރަ ކަމެއް ހިނގިޔަސް އެކަމެއް ދުނިޔޭގެ މީޑިޔާތަކަށް އައުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

ކިމްގެ އާއިލާއަކީ ހިތުގެ ބަލީގެ ތާރީޚެއް އޮންނަ އާއިލާ އެކެވެ. އެހެންކަމުން މީޑީޔާ ރިޕޯޓްތައް ދޮގު ކުރުމެއްވެސް ނެތެވެ. އަލިފާން ހިފާނީ ކޮންމެވެސް ދުމެއް އަރައިގެންނެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ތެދު ކަމުގައިވާ ނަމަ ދެން އުފެދޭ ސުވާލަކީ، ނޯތު ކޮރެޔާގެ ވެރިކަމާ ދެން ހަވާލު ވަނީ ކާކުތޯ އުފެދޭ ސުވާލެވެ.

ކިމްގެ ބޭބެއެއް ވަނީ 2017 ވަނަ އަހަރު މެލޭޝިޔާގައި މަރާލާފައެވެ. ކިމް ޖޮންގ-އުން އަށް ވުރެ 3 އަހަރު ދޮށި ބޭބެ، ކިމް ޖޮންގ-ޗޮލް މާ "ރަނޑު" ކަމަށް ބުނެ އެ ގައުމުގެ ލީޑަރުކަން ދިނުމަށް އެމީހުންގެ ބައްޕަ ވަނީ ދެކޮޅު ހަދާފައެވެ. ދެން ގައުމުގެ ބާރުތައް މި އާއިލާގެ ތެރޭގައި ބާއްވައިގެން މި ގޮތަށް "ޑިކްޓޭޓަރ" ކަން ކުރަން ބޭނުންނަމަ، ވެރިކަމާ ހަވާލުވާން އާއިލާގައި ހުރީ އަންހެނެއް ކަމަށް، ނޯތު ކޮރެޔާގެ ކަންކަން ދިރާސާ ކުރާ ސަންގ-ޔޫން ލީ ހާމަ ކުރިއެވެ.

ހަގީގަތުގައިވެސް ކިމް ޖޮން އުން މަރުވިކަމުގައިވާ ނަމަ އެގަމުގެ ބޯޑަރުތައް އިތުރަށް ބަންދުކޮށް، ދެން ވެރިކަމަށް އަންނާނެ މީހަކުވެސް ނިންމާނީ ސިއްރު ބައްދަލު ވުމަކުންނެވެ.

އާއިލާގެ ތެރެއިން މީހަކަށް ބާރުތައް ދޭނަމަ އެމީހަކަށް ވަނީ، ކޮއްކޮ ކިމްޔޯ-ޖުން އެވެ. މި ދެބެން އުޅެ ބޮޑުވީ ސްވިޒަރލެންޑްގެ ބޯޑިން ސްކޫލެއްގައެވެ. އިނގިރޭސި ދަސްކޮށް، ކުޑަކޮށް ހުޅަނގުގެ ވައްޓަފާޅި ހަރުލާފައިވަނީ މިކަމުގެ ސަބަބުންނެވެ. ކިމް ޔޯ-ޖުން އަށް ބާރުތައް ދީފާނެކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ އެ އާއިލާގައި ދޮއްޓަށް ތިބީ މީހުން މަރުވެ ނުވަތަ ހައްޔަރުކޮށްފައިވުމެވެ. ޔަގީން ނުވާ ރިޕޯޓްތައް ބުނާ ގޮތުން ކިމް ޖޮންގ-އުން ގެ ދަރިއަކު ހުރެއެވެ. މި ކަން ތެދު ކަމުގައި ވިޔަސް އެ ކުއްޖެއްގެ އުމުރުން ވާނީ 10 ވަރަކަށް އަހަރެވެ. އެއީ ވެރިކަމަށް އައުމަށް މާ ޅަ އުމުރެކެވެ. ދެން ބާކީ ހުރީ ހަމަ އަންހެން ކޮއްކޮ އެވެ. ކިމް ޔޯ-ޖޮންގ އަކީވެސް ކޮރެޔާގެ އިތުރުން ބައިނަލް އަޤްވާމީ ދުނިޔޭގައިވެސް ވަރަށް މަޤްބޫލުކަން ކުޑަ މީހެކެވެ.

ވެރިކަމަށް އައި އިރު ކިމް ޖޮން-އުން އަކީ ވެސް ހަމަ އެފަދަ މަޝްހޫރު ކަމެއް ނެތް މީހެކެވެ. ނަމަވެސް މީޑިޔާތަކާއި ގާތްގުޅުމެއް ބާއްވައިގެން ސިޔާސީ މަޤާމް ވަރުގަދަ ކުރުމުގައި ކާމިޔާބު ހޯދީއެވެ. އެހެން ކަމުން ކިމް ޖޮންގ-އުން ނެތް ޙާލަތެއްގައި ނޯތު ކޮރެޔާގެ ތާރީޚީ އަނިޔާވެރި ވެރިކަމުގެ އެންމެ މަތީ ބާރާއި އަންހެނަކު ހަވާލު ވުން އެއީ ގިނަ ބަޔަކު ޝައުގުވެރިވާނޭ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!