Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީނަށް އަނިޔާކުރުން ހުއްޓައިލަން ގޮވައިލާ އިދިކޮޅުން ރައީސް އޮފީހަށް

ރައީސް ޔާމީނަށް އަނިޔާކުރުން ހުއްޓައިލަން ގޮވައިލާ އިދިކޮޅުން ރައީސް އޮފީހަށް

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ގޮސްފިއެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުންނާއި މަޖިލިސް މެންބަރުން އެ ސަރަހައްދަށް އެއްވެފައިވަނީ މިއަދު 12:45ހާއިރުއެވެ. އެ ބޭފުޅުން ރައީސް އޮފީސް ކައިރިއަށް ވަޑައިގަތުމުން ސިފައިނާއި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސް އޮފީސް ސަރަހައްދަށް ވަޑައިގަތީ ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އިއްޔެ 12 ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެން ދިޔަ އަޑު އެހުންތަކަށް ފަހު، އަންގާރަ ދުވަހަށް ޔާމީންގެ މައްސަލަ ތާވަލުކުރުމާއި ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގެ ހެކިބަސް ނަގަން އިއްޔެ ހެނދުނު 09:00 ހާއިރު ފެށި ޝަރީއަތް މެންދުރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ރެއާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް