ޚަބަރު

ރިޔާޒް ވިދާޅުވަނީ މާލެ އައީ ނުފޫޒު ބޭނުން ކޮށްގެނެއް ނޫން ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

މާލެ ވަޑައިގަތީ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ލިބިގެން ކަމަށާއި ހުއްދަ ހޯއްދަވަން ނުފޫޒުގެ ބޭނުމެއް ކުރައްވާފައި ނުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މާލެއިން ކޮވިޑް-19 ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، ރިޔާޒް ރަށުން މާލެ ވަޑައިގަތުމުން އޭނާއަށް އެތައް ބަޔަނު އަންނަނީ ފާޑުކިޔަމުންނެވެ.

ލޮކްޑައުންގެ ސަބަބުން މާލެ ނާދެވި އެތަށް ދުވަހެއް ރަށުގައި މަޑުކުރެއްވުމަށްފަހު ރިޔާޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރު މެދު ނުޖެހެނީސް މާލެ އާވިއްޖެ ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ ތިމަރަފުށީގައި ހޭދަކުރެއްވި 15 ދުވަހު އެކި ގޮތްގޮތުން އެހީތެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރިޔާޒް ވިދާޅުވީ އޭނާ މާލެ ވަޑައިގެންނެވީ ގަވާއިދާ އެއްގޮތަށް ކަމަށާއި އޭނާ ވަޑައިގެންނެވިއިރު ތިމަރަފުށީގެ އިތުރު ބަޔަކުވެސް ހުއްދަ ހޯދައިގެން މާލެ އައި ކަމަށެވެ. އަދި ވިދާޅުވީ މާލެ އައުމުގެ ހުއްދައަށް އެދި ވަޑައިގަތީ ތިމަރަފުށީގައި 15 ދުވަހު ހުންނެވުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ ވަޑައިގަތުމުގެ ހުއްދަ، ރަސްމީކޮށް ހޯއްދަވަން މި މަހު 17 އިން ފެށިގެން އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މެއިލްގެ ޒަރީއާ އިން އެ ހުއްދަ ލިބިވަޑައިގަތީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!