ކުޅިވަރު

ރެސިޕީ : އޯރިއޯ ފަޖް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

270 ގްރާމް ވައިޓް ޗޮކްލެޓް

½ ޖޯޑު ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

20 އޯރިއޯ ބިސްކޯދު

ހަދާނެގޮތް:

ފުރަތަމަ ފަޖް ސެޓް ކުރަން ބޭނުން ކުރާނެ ތަބައް ތައްޔާރުކުރާށެވެ. އަހަރުމެން ބޭނުން ކުރީ 9 އިންޗި 6 އިންޗީގެ ތަބަކެކެވެ. ތަބައް ތައްޔާރު ކުރީ އޭގައި ބޭކިންގް ކަރުދާސް އަޅައިގެންނެވެ. ބޭކިންގް ކަރުދާސް ނެތްނަމަ ތެޔޮ ކޮޅެއް ނުވަތަ ބަޓަރު ކޮޅެއް ތަބަކުގައި، އަރިމަތި ތަކާއިއެކު، ރަނގަޅަށް އުނގުޅާލިޔަސް ރަނގަޅުވާނެއެވެ.

ދެން އޯރިއޯ ބިސްކޯދުތައް އަތުން ބިންދާލާނީއެވެ. ކޮންމެ ބިސްކޯދެއް ބިންދާލާނީ ތިން ނުވަތަ ހަތަރު ބައަށް ވާގޮތަށެވެ.

އެއަށް ފަހު ނޮން ސްޓިކް ބާވަތުގެ ތެއްޔެއްގެ ތެރެއަށް ޗޮކުލެޓާއި ގެރިކިރު ކޮޅު އަޅާލާފައި އުނދުން މައްޗަށް އުދާށެވެ. ވަރަށް މަޑުކޮށް ގިނި ބަހައްޓައިގެން ގިރަމުން ޗޮކުލެޓުތައް ވިރި ކިރާއި ރަނގަޅަށް އެއްވަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 5 މިނެޓެވެ.

ދެން އުނދުން މަތިން ތެލި ބާލައި އޭގެ ތެރެއަށް އޯރިއޯ ބިސްކޯދު ކޮޅުގެ ދެބައިކުޅަ އެއްބަޔާއި ވެނީލާ އެސެންސްކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރާއިރު ބިސްކޯދުތައް މާބޮޑަށް ފުނޑުވި ޗަސްވިޔަ ނުދެއްޗެވެ.

ތައްޔާރުކުރި ތަބަކުގެ ތެރެއަށް ތެލީގައި ހުރި ސާމާނު އޮއްސާލާށެވެ. ދޭފަތެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ކުޑަކޮށް އޮމާން ކޮށްލުމަށްފަހު އޭގެ މައްޗަށް ބާކީ ހުރި އޯރިއޯ ކޮޅު އަޅާލާ ފަތުރާލާށެވެ. އަދި އިނގިލިތައް ބޭނުން ކޮށްގެން، ފަހުން އެޅި އޯރިއޯތައް މިކްސް ގަނޑުގެ ތެރެއަށް އޮއްބާލަންވެސް ވާނެއެވެ.

ދެން ފްރިޖަށްލާފައި ސެޓްވަންދެން ބައިންދާށެވެ. ދެ ގަޑިއިރެއް ހާތާނގައި ސެޓްވާނެއެވެ. އަދި ސެޓްވުމުން ގޮޅި ގޮޅިއަށް ވާނެ ގޮތަށް ކަފާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!