ކުޅިވަރު

ރެސިޕީ: ކެރެޓް ކޭކް

ދެން އެމްވީ

ބޭނުންވާތަކެތި:

550ގ ހަކުރު

1 ސަމްސާ ލޮނު

450ގ ފުށް

2 ސަމްސާ ފޮނިތޮށި ޕައުޑަރ

1 ސަމްސާ ބޭކިންގ ޕައުޑަރ

1 1/2 ސަމްސާ ބޭކިންގ ސޮޑާ

7 ބިސް

400މލ ކުކިންގ އޮއިލް

500ގ ކެރެޓް ގާނާފައި

1 ޖޯޑު ކަނަމަދު

ތައްޔާރުކުރާނެގޮތް:

ފުށާއި ބޭކިންގ ޕައުޑަރ،ބޭކިނގް ސޮޑާ،ލޮނު އަދި ފޮނިތޮށި ފުރޭންޏަކުން ފުރާނާލާށެވެ. ދެން މިކްސްޗަރަށް ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ތެޔޮފޮދުވެސް އަޅާލުމަށްފަހު ބާރު ސްޕީޑްގައި 3 މިނެޓްވަންދެން ގިރާލާށެވެ. ދެން ހަކުރު އެޅުމަށްފަހު އަނެއްކާ ގިރާލުމަށްފަހު މަދުމަދުން ފުށް އަޅަމުން އެކުރަމުންދާށެވެ. ރަނގަޅަށް އެއްކުރެވުނީމަ ކެރެޓާއި ކަނަމަދު އެޅުމަށްފަހު ރަގަޅަށް އެއްކޮށްލުމަށްފަހު ޓްރޭގައި ބަޓަރ ހާކާލުމަށްފަހު އަޅާލާށެވެ. ދެން އަވަަނަށް ލުމަށްފަހު 170 ޑިގްރީގައި ކޭކްގެ މައްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.

ނޯޓް: މިކޭކް ފިހެވުމުމުން އިތުރަށް ރަހަމީރުކޮށް ލުމަށްޓަކައި، ބަޓަރ، ކްރީމްޗީޒް ތައްޓަކަށް އެޅުމަށްފަހު ހޭންޑްމިކްސަރ އިން ގިރާލުމަށްފަހު ވެނީލާ އެސެންސް އަދި ފުނޑާފައި ހުރި ހަކުރު އެއްކޮށް ފައި މިކްސް ކުރުމަށްފަހު ކޭކްމަތީގައި މިލޭޔާ އަޅާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!